ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަން އޮންނާނީ ސަރުކާރަށް، ބޭރު ސިފައިންނެއް ނުތިބޭނެ: ރައީސް

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނަގަނީ ދިވެހި ސަރުކާރުން ކަމަށާއި އެތަނުގެ މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެރަށުގެ ބައެއް ރައްޔިތުންނަށް އެކަންކަން އޮޅުން ފިލުވައި ދެއްވުމުގެ ގޮތުން ރަށުގެ ބައެއް ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމައި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ގިނަގުނަ މަންފާތަކެއް ވެގެން ދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭނެ ކަމަށެވެ.

“އަދި ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ،” ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުން އެމްއެންޑީއެފް އަށް ހާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގ ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...