ނައިބު ރައީސާއި ފެނަކަ އެމްޑީ ފުވައްމުލައްސިޓީއަށް ޒިޔާރަތް ކުރައްވައިފި

advertisement

ނައިބު ރައީސް ފައިސަލް ނަސީމުއާއި ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުހައްމަދު ސައީދު ފުވައްމުލައްސިޓީއަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންގެ މި ޒިޔާރަތުގައި ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ. އަދި އެ މަސައްކަތް ކުރާ ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ

މި މަޝްރޫޢު އާގުޅިގެން ފެނަކަ އެމްޑީ ސައީދު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމަން ފެނަކައިން ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފުވައްމުލައްސިޓީއަށް ކުރައްވާފައިވާ މި ޒިޔާރަތުގައި މި މަޝްރޫއުއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އެ ސިޓީގެ ކައުންސިލާ ވެސް ސައީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރަން ފެނަކަ ކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 43.2 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހިން ނުލިބުމުން: އެޑިއުކޭޝަން މިނިސްޓްރީ

އިންޑިއާގެ ކެރެލާއިން ޓީޗަރުން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް އެކަމަށް އިޖާބަނުލިބުމުން ކަމަށް އެޑިއުކޭޝަން ...

ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި ...

ސ.މީދޫ ގެއަކުން ފާޑުފާޑުއަޑު އިވޭތީ ސީސީޓީވީ ބެލުމުން ގައިން ދިޔައީ ހީބިހިނަގައިގެން

މިއީ ސ. މީދޫ ގެއެެއްގައި މިމަހުގެ 14ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި އާދަޔާ ހިލާފުކަމެއްގެ ވާހަކައެވެ. (މިއީ ...