advertisement

ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުގައި ޔޫކްރެއިން ބޮޑުތަފާތަކުން ބަލިކޮށް  އިންގްލެންޑުން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

އިޓަލީގެ ރޯމްގެ އޮލިމްޕިކޯ ސްޓޭޑިއޯމް ގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި އިނިގރޭސި ޓީމުން މޮޅު ކުޅުމެއް ދައްކާފައިވާއިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 4 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ރަހިމް ސްޓާލިންގެ ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ކާމިޔާބުކުރި ލަނޑެކެވެ.

މިލަނޑަށްފަހުވެސް އިނގިރޭސި ޓީމުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް މޮޅަށް ކުޅުނު އިންގްލެންޑުން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހެރީ މެގުއަރ އެވެ. މިއީ ލޫކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މެގުއަރ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ހަތަރު މިނެޓުފަހުން ހެރީ ކޭން އިންގްލެންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު  އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖޯޑަން ހެންޑާސަން އެވެ.

މިމެޗުން މޮޅުވެ އިންގުލެންޑް ސެމީގެ ޖާގައެއ ހޯދާފައިވާއިރު މިއީ 1996 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ މުބާރާތަށްފަހު އެގައުމު މިމުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މިމުބާރާތުގެ ތާރީހުގައި އެޓީމުން ސެމީގައި ކުޅޭ ދެވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިފަހަރުގެ މިމުބާރާތުގައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމިއްލަ ފަސްގަނޑުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމެވެ.

އެގޮތުން ކުރިއަށް އޮތް ސެމީ ފައިނަލްމެޗގައިވެސް  އިންގްލެންޑް ނުކުންނާނީ އަމިއްލަ ގައުމުގެ، ވެމްބްލީ ސްޓޭޑިއަމުގައި ޑެންމާކާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 8 ވަނަ ދުވަހުގެ 00:00 ގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެއާލް ވަލަޑޮލިޑް މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލްމެޑްރިޑް އެއްވަނައަށް

ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ރެއާލްމެޑްރިޑަށް ލިބިއްޖެވެ. ރެއާލްމެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ރޭ ރެއާލްވަލަޑޮލިޑް ...

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...

ޔޫރޯ 2020: ކްރޮއޭޝިޔާ ބަލިކޮށް ކްއާޓާފައިނަލުގެ ޖާގައެއް ސްޕެއިނުން ހޯދައިފި

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ކްރޮއޭޝިޔާ ބަލިކުރުމަށްފަހު  ސްޕެއިން އިން ކްއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ. ...