ޗެކްރިޕަބްލިކް ބަލިކޮށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ.
ޑެންމާކު ސެމީފައިނަލުން ޖާގަ ހޯދާގައިވަނީ އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓާފައިނަލްގެ މެޗުގައި ޗެކްރިޕަބްލިކް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.
މިމެޗްގައި ޑެމްކާމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް ޑިލަނޭއެވެ. މިލަނޑަކީ އެޓީމަށް ލިބުނު ކޯނަރެއްގައިފޮނުވާލި ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތޯމަސް ލިޑަނޭ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
އަދި އެޓީމްގެ ދެވަނަ ލަނޑު 42 ވަނަ މިނެޓުގައި ޖީކޮމް މައެލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކެސްޕަރ ޑޮލްބާގެވެ.
މިމެޗުގައި ޗެކްރިޕަބްލިކުން ކާމިޔާބުކުރި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ޕެޓްރިކް ޝިކްއެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. ޕޯޗުގަލްގެ ކެޕަޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މުބާރާތުގައި ވަނީ ފަސް ލަނޑު ޖަހާފައެވެ. މި ދެ ކުޅުންތެރިންނަށް މުބާރާތް މިހާރު ނިމިފައި ވީނަމަވެސް މިވަގުތު މި ލިސްޓުގެ އެއްވަނާގައި ތިބީ މި ދެ ކުޅުންތެރިންނެވެ.
މި މެޗުން ބަލިވުމުން ޗެކްރިޕަބްލިކް ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުން މޮޅުވި ޑެންމާކް ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ މިރޭ އިންގްލެންޑާއި ޔުކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.