އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަނަ ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭކުރި އިޢުލާނެއްގައި ވިދާޅުވީ، ވެކްސިން ޖެހުން ފަށަން ހަމަޖެހިފައިވަނީ 4 ޖުލައި 2021 ގައި ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންކަމަށެވެ.

މިގޮތުން2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެކަމުގައި ދަންނަވާފައިވެއެވެ.

އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެން ދެއްވުމަށް ސަމާލުކަން ދެއްވުން އެދޭކަމަށާއި އަދި ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓު ހަދައިގެން ކަމުގައި ދަންނަވާފައިވެ އެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
• ވެކްސިން ކާރޑް
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން (ކޮންމެހެން ބޭނުންވާ މީހުންނާއެކުގައި އިތުރު ފަރާތަކަށް ދެވޭނެ)

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 191،725 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އިއްޔެ 293 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށާއި އެއީ އަތޮޅުތަކުން ވެކްސިން ދިން 233 މީހަކާއި މާލެއިން ވެކްސިން ދިން 60 މީހެކެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަގާމުން ވަކިކޮށްފި ؟

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކޮށްފިއެވެ. މޫސާ ސިއްދީގު މަގާމުން ...

ދެން ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ވަދެވޭނީ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި

ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ ބަދަރު ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ލިބޭ ...

މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި

މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ނަށް ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ...