އުރީދޫގެ އިންޓަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް

އުރީދޫގެ އިންޓަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އޫރިދޫ އިންޓަނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ޖުލައި 1 ވަނަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ސަރުކާރުގެ ނެޓުހެޔޮ ކުރުމުގެ މަޝްރޫއާއި އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައިވާކަމަށެވެ. މި ބަދަލުގެ ދަށުން އައު 4 ޕްލޭނާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ޑޭޓާ ރޯލްއޯވަރގެ ޙިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އިންޓަނެޓް ޕެކޭޖްތަކަށް އުރީދޫއިން ގެނައި ބަދަލާއިއެކު ތައާރަފްކޮށްފައިވާ 4 ޕެކޭޖަކީ:

250 ރުފިޔާއަށް 2 އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ ޑޭޓާ އެލަވަންސް
400 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 65 ޖީބީ ޑޭޓާ އެލަވަންސް
500 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 130 ޖީބީ ޑޭޓާ އެލަވަންސް
700 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 210 ޖީބީ ޑޭޓާ އެލަވަންސް

މި ބަދަލުތަކާއެކު އުރީދޫ ސުޕަރނެޓްގެ ޙިދުމަތަކީ މާކެޓްގައި ހެޔޮ އަގެއްގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައްކަމަށް އުރީދޫއިން ބުނެއެވެ.

އަލަށް ނެރުނު ޕްލޭންތަކުގެ އިތުރުން ސުޕަރނެޓްގެ ކުރީގެ ޕްލޭންތަކަށްވެސް އުރީދޫއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން %100 އާއި ހަމައަށް ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން ޖީބީއެއް ވިއްކާ އަގު ތިރިވެ، ކަސްޓަމަރުންނަށް މި ޕްލޭންތައް މެދުވެރިކޮށް އިތުރު ޑޭޓާ ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވަރގެ ޙިދުމަތް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް ...

މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ. ކޭއެފްސީގެ އައުޓުލެޓް ހުޅުވީ ...

މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ ...