ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އިން ޕޯޗުގަލް ބަލިކޮށް ކުއާޓާފައިނަލުން ޖާގަ ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުން ޕޯޗްގަލް ބަލިކުރުމަށްފަހުގައެވެ.

ވަރަށް ވާދަވެރި މޮޅުކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ  މި މެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 42 ވަނަ މިމިޓްގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑެވެ. މިއީ ޑީ އޭރިއާގެ ބޭރުން  ހާޒާޑު ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުންފަށައިގެން  ކުރީކޮޅު ބެލްޖިއަމްގެ މިޑްފިލްޑަރު ޑިބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމުން  މެދުތެރޭގައި ޑިބްރޭނާ ކުޅެމުންދިޔަ ކުޅުން ގެއްލި މުޅިމެޗްގެ ކޮންޓްރޯލް ޕޯޗްގަލް އަތުލިއެވެ. އަދި  ޕޯޗުގަލުން ކުރިއަށް ޖެހި ބެލްޖިއަމަށް ގޯލަށް ނުރައްކާ ކުރަމުން ގޮސްފައިވެއެވެ.

މިގޮތުން މުޅި މެޗުގައި ޕޯޗުގަލް އިން ޖުމްލަ 18 ހަމަލާއެއް  އުފެއްދިއިރު އޭގެތެރެއިން ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ 6  ހަމަލާއެކެވެ. އަދި މެޗްގެ  55 އިންސައްތަ ބޯލް ޕޮޒިޝަން ކޮންޓްރޯލް ކުރީވެސް ޕޯޗްގަލްޓީމުންނެވެ.

މުޅި މެޗުގައިވެސް ބެލްޖިއަމް އިން އުފެއްދިފައިވަނީ އެންމެ 6 ހަމަލާއެވެ. އެޓީމުން ކާމިޔާބުކުރި ލަނޑަކީ މި މެޗުގައި އެޓީމުގެ ކުޅުންތެރިއަކަށް ގޯލާއި އަމާޒުކޮށްލެވުނު ހަމައެކަނި ހަމަލާކަން ފާހަގަކޮށްލެވެއެވެ

ޕޯޗްގަލް ބަލިކޮށް ބެލްޖިއަމް އިން ކުއާޓަރ ފައިނލުގެ ޖާގައެއް ހޯދިއިރު ކުއާޓަރ ގައި ބެލްޖިއަމް ބައްދަލުކުރަންޖެހެނީ ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ރައުންޑް އޮފް 16 ގައި އޮސްޓްރިއާ ބަލިކުރި އިޓަލީއެވެ.  މި މެޗު ކުޅޭނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އިން ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކޮށްފި

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް ގިނަ ވުމާ ގުޅިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގައިފިއެވެ. ކޮވިޑާއި ގުޅިގެން ...

ކޯވިޑް-19 : އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 58 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި ބަންގްލަދޭޝްގެ 39 ...