ދިރާގުގެ ފިކްސްޑް ބްރޮޑްބޭންޑު އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަަށައިިފި އެވެ
ދިރާގުން ބުނީ ފިކްސްޑް ބްރޮޑްބޭންޑު އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓުކުރާ ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.
ކޮވިޑް-19 އާއެކު ގޭގައި ތިބެން ބާރުއަޅާ މި ދަނޑިވަޅުގައި ދިރާގުން ދަނީ މެއި މަހުން ފެށިގެން ކަސްޓަމަރުންނަށް އިންޓަނެޓު ޑޭޓާ އިތުރަށް ފޯރުކޮށްދެމުންނެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި މީގެ އިތުރުން ދިރާގު “ވަގުތުން ގެއަށް އިންޓަނެޓް” އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާ ތަކުންވެސް 100 ޕަސެންޓު އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެކްޓިވޭޓް ކުރާ ބޫސްޓާ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މި މަހުގެ ނިޔަލަށެވެ.
ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށެވެ.