އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން، ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

advertisement

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ދިދަދަ ނެގުމުގެ ހާއްސަ ރައްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު އެމްޑީޕީ ހަރުގޭގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒެވެ.  މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.

ދިދަނެގުމަށް ބޭއްވުނު މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަޒީރަކުވެސް ބައިވެރިވެފައި ނުވެއެވެ.

 އެމްޑީޕީގެ ސޯޅަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަދު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް އެމްޑީޕީންވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން މިދަނީ އެޕާޓީގެ ރައީސް ، ރައީސް މުހައްމަދު ނަޝީދަށް މާލޭގައިި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންދާ ދުވަސްވަރެއްގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...

ހިތަދޫ ފުރަބަންދު ކޮށްފި- ބޭރުގައި އުޅުމަށް ޚާއްސަ ފާހެއް ދޫކުރަނީ

އައްޑޫ ސިޓީ ހިތަދޫގައި ކޯވިޑް 19 ގެ ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހިތަދޫ ފުރަބަންދު ކުރަން ...

ސައިކަލު ކަހާލައިގެން ވެއްޓި މީދޫ ކައުންސިލަރާއި ޑެޕިއުޓީ މޭޔަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

އައްޑޫސިޓީގެ ދެ ކައުންސިލަރަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އެ ދެ ކައުންސިލަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ މި ...