ކޮވިޑް 19- ހިތަދޫން މިއަދު ޕޮޒިޓިވްވީ 4 މީހުން

ހިތަދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 4 މީހުންނާއެކު ހިތަދޫގެ އެކްޓިވް ކޭސް އަދަދު 127 އަށް އަރައިފިއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހިތަދޫގެ އެކްޓިވް ކޭސްގެ އަދަދު 127 އަށް އަރާފައިވަނީ މިއަދު ހިތަދު ޕޮޒިޓިވްވި 4 މީހުންނާއެކުގައެވެ . މިއަދު ހިތަދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކީ މީގެ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ޕޮޒިޓިވް ވެފައިވާ ދެމީހުންނެވެ. ދެން ޕޮޒިޓިވް ވެފައިވާ ދެމީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ރެންޑަމް ސާމްޕަލް އަކުން ޕޮޒިޓިވް ވެފައިވާ މީހެކެވެ. މިއަދު ޕޮޒިޓިވް 4 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

އައްޑޫ ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 183 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 450 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 131 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 317 މީހަކު ވަނީ ބަލިން ރަގަޅުވެއެވެ.

އައްޑޫ ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 9110 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދު އިރުއޮއްސި ހަޔެއް ޖެހުމާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މަރަދޫއިން 4 މީހުން، ހިތަދޫއިން 127 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

Next: ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި