ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ދެ ލަނޑު ދެ ލަނޑުން އެއްވަރުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ހަންގޭރީންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ މެޗްގެލީޑު ނަގައިދިނީ އެޑަމް ޒަލާއި އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.  

ދެވަނަ ހާފުގައި ޖަރުމަނު ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.   މެޗްގެ  66 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރި  ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަވާޓްސް އެވެ.

އެހެންނަމަވެސް އޭގެ ދެ މިނެޓުފަހުން މެޗްގެ 68 ވަނަ މިނިޓްގައި ހަންގޭރީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރާސް ޝާފާ އެވެ.

މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ޖަރުމަނުން ހަމަހަމަކުރީ މެޗުގެ 84 ވަނަ މިނިޓްގައެވެ.  މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ގްރޫޕް އެފްގެ  ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ޖަރުމަނު ގެންގޮސްދުނީ ލިޔޯން ގޮރެޓްޒާ އެވެ.

މި ނަތީޖާ އާއިއެކު ދެވަނަ ބުރަށް ޖަރުމަނުން ދަތުރުކުރިއިރު އެޓީމާއި ޕޯޗުގަލް ވަނީ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުން އެއްވަރުވެފައެވެ. ޖަރުމަނަށް ދެވަނަ ލިބެނީ ހެޑް-ޓު-ހެޑް އުސޫލުންނެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ފްރާންސް އެވެ.

ރައުންޑް އޮފް 16 ގައި ޖަރުމަނުން ބައްދަލުކުރަންޖެހޭނީ ގްރޫޕް ޑީގެ އެއްވަނަ ހޯދި އިންގްލެންޑާއެވެ.  މި މެޗު ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުގެރޭ 21:00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ

advertisement
Next: ޔޫރޯ 2020 : ގްރޫޕްގެ އެފް ގެ 3 ވަނަ ޓީމަކަށް ހޮވި ޕޯޗްގަލްވެސް ގަދަ 16 އަށް