ހުޅުމީދޫގައިވެސް ބަލިމީހުން ބަންދު ކުރެވޭނެ- އެކަން ނިންމާނީ ފުލުހުން – ނިޒާރު

ކޮވިޑަށް ޕޮޒިޓިވާ މީހުން  ހިތަދޫގައިވެސް ބަންދުކުރެވެންހުރީ ވަކި ވަރަކަށްކަމަށާ އެއަށްވުރެ އިތުރަށް ކޮވިޑް ބަލިމީހުން ބަންދުކުރަންވެއްޖެނަމަ ހުޅުމީދޫގައިވެސް ބަންދު ކުރެވޭނެކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެވެ. .

އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރުއާއި މިހެން ވިދާޅުވެފައިވަނީ  ހިތަދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދެ މީހަކު ގޭގައި މަޑުނުކޮށް ބޭރަށް ނިކުމެ އުޅެމުންދާތީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރުމާއި ގުޅިގެން ހުޅުދޫ މީދޫ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އޭއޯ ނިއުސް އިން މޭޔަރު އަލީ ނިޒާރުއަށް ދެންނެވި  ސުވާލެއްގެ ޖަވާބުގައިކަމަށް އޭއޯ ނިއުސްގައި ބުނެފައިވެއެވެ.

ހިތަދުން ކޮވިޑަށް ޕޮޒިޓިވްވި ދެމީހުން ގޭގައި މަޑުނުކޮށް ބޭރުގައި އުޅެމުންދާތީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށް ހުޅުމީދޫ ޕޮލިސްސްޓޭޝަނުގެ ގޮޅިގައި ބަންދުކުރުމަށް އެމީހުން ހުޅުމީދުއަށް ގެންދިޔަކަން އެގިވަޑައިގެންނެވީވެސް ހުޅުމީދުން ގުޅުމުންކަމަށް ނިޒާރުއާއި ހަވާލާދީ އޭއޯ ނިއުސްގައި އިތުރަށް ބުނެފައިވެއެވެ.

ފުލުހުން އެކަންތައްތައް ކުރިއަށް ގެންދާނީ ވަރަށް ރައްކާތެރިކަމާއެކުކަމަށް ގަބޫލުކުރެވޭ ،  ފުލުހުންވެސް ބޭނުމެއް ނުވާނެ ބަލި ރަށުތެރެއަށް ފަތުރާކަށް. ޕޮޒިޓިވް ކޭސްއެއް ވީމަ . ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ . އަދި ކޮވިޑް ބަލިމީހުން ހިތަދޫގައިވެސް ބަންދުކުރެވެންހުރީ ވަކި ވަރަކަށް-  އެއަށްވުރެ އިތުރަށް ކޮވިޑް ބަލިމީހުން ބަންދުކުރަންވެއްޖެނަމަ ހުޅުމީދޫގައިވެސް ބަންދު ކުރެވޭނެ- އެކަން ނިންމާނީ ފުލުހުން

ނިޒާރުއާއި ހަވާލާދީ އޭއޯ ނިއުސްގައި ބުނެފައިވެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުން ހިތަދުން ގެނައި ދެމީހުން ހުޅުމީދުއަށް ގެނެސްފައިވަނީ ރޭގެ ވަގުތެއެގައެވެ.

މަސްދަރު: އޭއޯނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޓްސަލް ދަނޑު މަރާމާތުކުރުމާބެހޭ ގޮތުންނާއި ޓާފް ދަނޑު އެޅުމާ ބެހޭގޮތުން މީދޫގެ ޒުވާނުން ކައުންސިލަރާއި ބައްދަލުކުރައްވައިފި

މީދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމާއިބެހޭ ގޮތުންނާއި މީދޫގައި އަލަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ޓާފް ދަނޑު އެޅުމާބެހޭގޮތުން ރަށުގެ ...

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް ނަޝީދު – ސައީދު

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިކޮނޮމިކް މިނިސްޓަރ ...

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ މީދޫ ދެށިނާ ...