ރައީސްގެ ކޮއްކޮ އަހްމަދު މުޙައްމަދު ޞާލިޙް އަވަހާރަވެއްޖެ

advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙް އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 55 އަހަރުގައި އަޙްމަދު މުޙައްމަދު ޞާލިޙް އަވަހާރަވީ ފަރުވާއަށްވަޑައިގެން ދުބާއީގައި ހުންނަވަނިކޮށެވެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޢާއިލާގައި ދައުލަތުގެ އެކި ޢިދާރާތަކުގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އާދާކުރައްވާ ބޭފުޅުންނާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންވެސް ހިމެނޭހެން ޖުމަލް 12 ބޭފުޅުން ތިއްބަވައެވެ. ހާފިޒުންގެ ގޮތުގައި 3 ބޭފުޅުން ތިއްބަވައެވެ.

ރައީސްގެ އާއިލާގައި ހިމެނިވަޑައިގަންނަވާ 3 ހާފިޒުންނަކީވެސް ލޯފަން ބޭފުޅުންނެވެ. އެ ތިން ބޭފުޅުންނަކީ މޫސާ މުޙައްމަދު ޞާލިޙާއި އަބްދުﷲ ޝާޒްލީއާއި ހުސެއިން ޝަޔާޒެވެ. އަވަހާރެވި އަހްމަދު މުޙައްމަދު ޞާލިޙް ވަނީ ހާފިޒުކަމުގެ ކޯސް ކުރިޔަށް ގެންދަވާފައެވެ. އެހެންނަމަވެސް ދިމާވި ސިއްހީ ސަބަބުތަކަށްޓަކައި ވަކި ހިސާބަކުން ވަނީ ކިޔެވުން މަޑުޖައްސާލާފައެވެ. އަޙްމަދު މުޙައްމަދު ޞާލިޙަކީވެސް ލޯފަން ބޭފުޅެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލީ ބޭފުޅަކު ވިދާޅުވީ އަޙްމަދު މުޙައްމަދު ޞާލިޙަށް ކެންސަރު ޖެހިވަޑާއިގެންފައިވާކަން އެނގުނީ ދާދިފަހުންކަމަށާއި ދުބާއީގައި ހުންނެވީ ބައްޔަށް ފަރުވާ ހޯދެއްވުމަށްކަމަށެވެ. އަދި އަވަހާރަވީ ރޭގެ ވަގުތެއްގައި ކުއްލިއަކަށްކަމަށްވެސް އަޙްމަދު މުޙައްމަދު ޞާލިޙްގެ އައިލީ ބޭފުޅަކު ވިދާޅުވިއެވެ.

އާއިލީ ބައެއް ބޭފުޅުން އަޙްމަދުގެ ޖަނާޒާގައި ބައިވެރިވެޑައިގަތުމަށް މިއަދު ދުބާއި ވަޑާއިގަތުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ޖަނާޒާގައި ބައިވެރިވެޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ ...

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...

ކަރަންޓީން ނުވެ މިހާރު ރާއްޖެއިން ޔޫކޭ އަށް ދަތުރުކުރެވޭނެ

ކޯވިޑާ ގުޅިގެން އިނގިރޭސި ވިލާތަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާފައިވާ ރަތް ލިސްޓުން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ޤައުމުތަކުގެ ...