ކޮވިޑް 19 – ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަރައިފި

advertisement

ހިތަދުން އާދީއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި 9 މީހުންނާއެކު ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަށް އަރައިފިއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހިތަދޫގެ އެކްޓިވް ކޭސްގެ އަދަދު 117 އަށް އަރާފައިވަނީ އާދީއްތަ ދުވަހު ހިތަދު ޕޮޒިޓިވްވި 9 މީހުންނާއެކުގައެވެ އާދީއްތަ ދުވަހު ހިތަދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް ފަރާތަކީ މީގެ ކުރީން ހިތަދުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ހިތަދުން ނެގުނު ރެންޑަމް ސާމްޕަލްގެތެރެއިން ޕޮޒިޓިވްވި މީހެކެވެ. . އާދީއްތަ ދުވަހު ހިތަދުން ޕޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހިންނެވެ.

އައްޑޫ އައްޑޫ ހޮސްޕިޓަލުން އާދީއްތަ  ހާމަކޮށްފައިވާގޮތުގައި  ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 125 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 428 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 119 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ އެންމެ މީހެކެވެ. މިމީހާއެކު އައްޑޫއިން ކޮވިޑް ޖެހުނު 302 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އައްޑޫ ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 8442 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން އާދީއްތަ ދުވަހާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މަރަދޫއިން 2 މީހުން، ހިތަދޫއިން 117 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.

advertisement
Next: ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ