އައްޑޫސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ހިތަދޫން ޕޮޒިޓިވްވީ 6 ދިވެހީންނާއި 1 ބިދޭސީއެއް
advertisement

 އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި7 މީހުންގެ ތެރެއިން ހިމެނެނީ ބަގްލާދޭޝް މީހަކާއި 6 ދިވެހީންނެވެ.

 މިއަދު ހިތަދުން ޕޮޒިޓިވް 7 މީހުންގެ ތެރެއިން ތިން މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ޕޮޒިޓިވްވެފައިވާ 3 މީހުންނެވެ. އަނެއް 6 މީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި މީހުންގެތެރެއިން ސާމްޕަލް ނަގައިގެސް ޓެސްޓްކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި 6 މީހުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 173 ސާމްޕަލެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުން އިއްޔެ ހާމަކުރިގޮތުގައި ސިއްހީމަރުކަޒުގެ ފަރާތުން އިއްޔެ ހުޅުދޫއާއި މީދުން 153 ސާމްޕަލް ނަގާފައި އޭއީއެޗްއަށް ފޮނުވާފައިވާކަމަށެވެ. އެހެންކަމަށްވާނަމަ ގުޅިފައިވާރަށް ތަކުން އިއްޔެ ނެގިފައިވަނީ 20 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 403 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 97 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ ދެމީހުންނެވެ. މި ދެމީހުންނާއެކި އައްޑޫއިން ކޮވިޑް ޖެހުނު 304 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 8118 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫއިން 2 މީހުން، ހިތަދޫއިން 94 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads