އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މިއަދު ހިތަދޫން ޕޮޒިޓިވްވީ ދެ ބިދޭސީންނާއި ފަސްދިވެހީން
advertisement

އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު  7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 15 މީހުންގެ ތެރެއިން ހިމެނެނީ 2 ބިދޭސީންނާއި 5 ދިވެހީންނެވެ.

މިއަދު ހިތަދޫން  ޕޮޒިޓިވްވި 7 މީހުންގެ ތެރެއިން ދެމީހުންނަކީ ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ޕޮޒިޓިވްވި ދެމީހުންނެވެ. މިއަދު ޕޮޒިޓިވްވި އަނެއް 5 މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްވެގެން ޕޮޒިޓޓިވް ވެފައިވާ 5 މީހުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 282 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 389 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 86 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 301 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 7758 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، ، މަރަދޫއިން 2 މީހުން، ހިތަދޫއިން 83 މީހުން އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ މީދޫ: އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެ

އައްޑޫ ސިޓީ މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން ޖިއޯބޭގް ޖެހުމަށް ކުރީން ހަމަޖެހިފައިވާ ސަރަހައްދަށްވުރެ ...

ކްރޯނާ ވައިރަހާ ގުޅިގެން ސަރުކާރުގެ ޚަރަދު ކުޑަކުރަން އަންގަވައިފި

މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ...

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ...