އައްޑޫސިޓީގެ ހިތަދޫން އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

advertisement

 އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު  15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 15 މީހުންގެ ތެރެއިން ހިމެނެނީ 5 ބިދޭސީންނާއި 10 ދިވެހީންނެވެ.

މިއަދު ހިތަދޫން  ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހަތަރު ރެންޑަމް ސާމްޕަލް ހިމެނެއެވެ. އަނެއް 11 ސާމްޕަލް އަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 183 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 382 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 82 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 292 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 7476 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، ، މަރަދޫއިން 2 މީހުން، ހިތަދޫއިން 77 މީހުން، ހުޅުދޫއިން 2 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫ ސްކޫލުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ކުޅެވުނު 16 އަހަރުން ...

ހިތާއި ފުއްޕާމޭގެ ބަލިތަކަށް ޙާއްސަ މެޑިކަލްކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަނީ

ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަން އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިންމައިފިއެވެ. ދެދުވަހުގެ ...

ވިސާ “ފިއްތައިގެން” އިންޑިޔާއަށް އޮވެވޭނެ؟

ދިވެހިންނާއި އިންޑިޔާ ރައްޔިތުންނަކީ އަބަދު ވެސް “ބެސްޓް ފްރެންޑު” ންނެވެ. ނަމަވެސް ރާއްޖޭގައި ސިޔާސީ ގޮތުން އަންނަ ކޮންމެ ...