ހިތަދޫ ފުރަބަންދު ކޮށްފި- ބޭރުގައި އުޅުމަށް ޚާއްސަ ފާހެއް ދޫކުރަނީ

advertisement

އައްޑޫ ސިޓީ ހިތަދޫގައި ކޯވިޑް 19 ގެ ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހިތަދޫ ފުރަބަންދު ކުރަން ނިންމައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ހިތަދޫގައި ހިންގާފައިވާ ކާފިއުގެ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ .

މިގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދޫ ފުރަބަންދު ކުރަން ނިންމާ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ގަޑި އިތުރުކުރަން ނިންމާފައި ވާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ނޫސްވެރީންގެ މިބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ކާފިއު ނޫން ވަގުތު ތަކުގައި ބޭރުގައި އުޅުމަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަން ޖެހޭނެ ކަމަށާއި، ކޮންމެ ގޭބިސީއަކުން އެގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރު ހުށައެޅުމުން 2 ފާސް ލިބޭނެ ކަމަށެވެ. .

އަދި ވަޒީފާތަކަށް ދާ ފާރާތްތަކުންވެސް ސައްހަ މައުލޫމާތާއި އެކު ހުށައެޅުމުން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަދޭނެ ކަމަށްވެސް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވަނީ ވިދާޅުވެފައެވެ.

ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނައިރު ހޯދަންޖެހޭ ފާސް ހޯދުމަށް އެދެން ވާނީ https://www.police.gov.mv/permit/ މި ލިންކުންނެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ބަހާއުއްދީން މަގުސާފްކުރުމުގެ މަސައްކަތް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ވެށި ސާފްކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން މީދޫ ބަހާއުއްދީންމަގު  ސާފްކުރުން ...

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް-ބަލި ކޮންޓްރޯލް ކުރުމަށް ރަށްޔިތުން ފަރުދީ ޒިންމާ ނަގަންޖެހޭ-ރޑ. މުރާދު

  ކޮވިޑް 19 އަށް ގިނަ އަދަދެއްގެ ޒުވާނުން ޕޮޒިޓިވްމުންދާ ކަމަށާ އައިޖީއެމްއެޗްގެ  ޑީއެޗް-11ގައި އެޑްމިޓް ކޮށްގެން  ފަރުވާ ދެމުންދާ ...

އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް ...