އައްޑޫ ސިޓީން މިއަދު 23 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

advertisement

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީން މިއަދު 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 23 މީހުންގެ ތެރެއިން ހިމެނެނީ 18 ބިދޭސީންނާއި 5 ދިވެހީންނެވެ.

މިއަދު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނަކީ އިއްޔެ ހިތަދޫން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝްގެ މީހާގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވީ މީހުންނެވެ. ދެން ޕޮޒިޓިވްވި މީހުންނަކީ އިއްޔެ ހިތަދޫ ފްލޫ ކުލިނިކަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓުންނެވެ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއްޔެ  ހާމަކޮށްފައިވާގޮތުގައި  ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނު 182 ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ.

މިހާތަނަށް އައްޑޫސިޓީން 347 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 71 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 2 މީހުންނެވެ. މި 2 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 274 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 6985 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫފޭދޫއިން 1 މީހުން ، މަރަދޫއިން 3 މީހުން، ހިތަދޫއިން 59 މީހުން، ހުޅުދޫއިން 7 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީ ހުޅުމީދޫ 29 އެޕްރީލް އިން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މެއި 13 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.

އަދި މީގެ އިތުރަށް އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާގޮތައް ހަމަޖައްސާފައި  އޮތް އޮތުން މިއަދުން ފެށިގެން އަންނަ ހޮނިހިރުދުވަހުގެރޭ އިޝާނަމާދައާއި ހަމައަށްވަނީ  އިތުރު ކުރެވިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ. ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ...

އެސްޓެކް ފިހާރައިގެ  ބިއްލޫރިގަނޑު ތަޅާލައިފި

ހުޅުދޫ ” އެސްޓެކް” ފިހާރައިގެ ބިއްލޫރިތައް ތަޅާލައި އެތަނުގެ ތެރެއަށްވަދެ އެތަނުގައި ހުރި ގިނަ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްލި ...

ޗެނަލް 13ގެ ޕްރޮގްރާމެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ޗެނަލް 13ގެ ” ހަޖަމް ” ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ...