އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

advertisement

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެއެވެ.

މިދުވަސްކޮޅަކީ އައްޑޫ ކައިރިއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެހެންކަމުން މަސް ކިރުވުމަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ބާރުބޮޑުވަމުން ދާކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓެންކް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެ ސެންޓަރުން މިހާރު ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ނެގޭނީ 40 މެޓްރިކްޓަނުގެ މަސް ކަމަށެވެ.

މީގެ އިތުރުން މިފްކޯގެ ބޯޓު ފަހަރުގެ މުވައްޒަފުންވެސް ކަރަންޓީނުގައި ތިބުމުން، ގިނަަ އަދަދަކަށް މަސް ބާނައިގެން އަންނަ ބޮޑެތި ދޯނި ފަހަރުތައް މަސް ކިރުވުމަށް ކޫއްޑޫއަށް އައުމަށް މިފްކޯއިންވަނީ އެދިފައެވެ.

މަސްދަރު: މަސްވެރިންއެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސް ސެޓު ކުޅެގެން ގއ. ޕޮލިސް ޓީމު ބަލިކޮށް އައްޑޫސިޓީ ޕޮލިސްޓީމު ފައިނަލަށް

ސައުތު ބްލޫޒް އަންހެން  ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަ މެޗްގައި ފަސްސެޓް ކުޅެގެން  ގއ. ޕޮލިސް ބަލިކޮށް ...

ކަރަންޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ ހުރިހާތަނެއްގައި އެއްވަރަކަށް- މެމްބަރު ނިހާދު

ކަރަންޓްގެ އަގު ރާއްޖޭގެ ހުރިހާތަނެއްގައިވެސް ހުންނަނީ މާލެއެކޭ އެއްވަރަށްކަމަށް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ. ...

ކޮވިޑް-19: މާލެ ހިމެނޭ ސަރަހައްދުގައި ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...