އައްޑޫސިޓީން އިއްޔެ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް

advertisement

ކޮވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް އައްޑޫ ސިޓީގެ ހުރިހާ ރަށަކުން އިއްޔެ ނެގުނު ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއްޔެ  ހާމަކޮށްފައިވާގޮތުގައި  ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނު 196 ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ.

މިހާތަނަށް އައްޑޫސިޓީން 321 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި އިއްޔެ އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 51 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 10 މީހުންނެވެ. މި 10 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 268 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 6586 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫފޭދޫއިން 1 މީހުން ، މަރަދޫއިން 3 މީހުން، ހިތަދޫއިން 39 މީހުން، ހުޅުދޫއިން 7 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްގައި އެއްވެސް މީހަކަށް ފަރުވާ ދެމުންނުދާކަން ފާހަގަކޮށްލަންޖެހެއެވެ .

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީ ހުޅުމީދޫ 29 އެޕްރީލް އިން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މެއި 13 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.

advertisement
Next: ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތް ބެލުމުގެ ފުރުސަތު މިހާލަތުގައި ނުދެވޭނެ: ފުލުހުން