ޔޫރޯ ފުޓްބޯޅަ މުބާރާތް : ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފި

advertisement

ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފިއެވެ.

ރޭ އިޓަލީގެ ރޯމުގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް އޭ ގައި ހިމެނޭ އިޓަލީއާއި ތުރުކީއެވެ.

މި މެޗު އިޓަލީ ޓީމުން  ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.  

އިޓަލީ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި  ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުކުރެވިފައިނުވެއެވެ.  

އެހެންނަމަވެސް ދެވަނަ ހާފުގެ ކުޅުންފަށައިގެން އިޓަލީ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ވުރެވެސް މޮޅު ކުޅުމެކެވެ. އެއާއި އެކު އިޓަލީއަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ   53 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންޑަރ ޑިމެރަލްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މިމެޗުގެ ދެވަނަ ލަނޑު އިޓަލީއަށް ކާމިޔާބު ކޮށްދީފައިވަނީ 66 ވަނަ މިނެޓުގައި އިމޮބައިލެވެ. އަދި އެޓީމްގެ  ތިންވަނަ ލަނޑު ތުރުކީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 79 ވަނަ މިނެޓުގައި އިމޮބައިލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކޮށްދިނީ އިންސިއިނޭއެވެ.

މިމެޗުން މޮޅުވި އިޓަލީ ޓީމަކީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއްގެ ގޮތުގައި ބެލިފައިވާއިރު މިމެޗަކީ ބަލިނުވެ  އިޓަލީ ޓީމުން ހަމަކުރި 28 ވަނަ މެޗެވެ.

މި މެޗު ބެލުމަށް އިޓަލީގެ ރޯމްގައި ހުންނަ އޮލިމްޕިކޯ ސްޓޭޑިއަމަށް ސޯޅަހާސް ސަޕޯޓަރުން ޔޫއޭފާއިން ވަނީ ވައްދާފައެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު 18:00 ގައި ބައްދަލުކުރާނީ ވޭލްސްއާއި ސްވިޒަލޭންޑެވެ. މިއީ ގްރޫޕް އޭ ގެ މެޗެކެވެ. ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ ޑެންމާކާއި ފިންލެންޑް ބައްދަލުކުރާ މެޗު 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ދަންވަރު 0000 ގައި ބައްދަލުކުރާނީ ބެލްޖިއަމާއި ރަޝިއާއެވެ. މިވެސް ގްރޫޕް ބީގެ މެޗެކެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލިފާން ރޯވެ ހިތަދޫ ފިހާރައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ...

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

ވެކްސިން ނުޖަހާ މީހުން އޮފީސްތަކަށާއި ކެފޭތަކަށް ވަނުން މަނާ ކުރަނީ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތްތައް ދިނުމުގައި ...