އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދުން ކޮވިޑް ޖެހުނު އެންމެން ރަގަޅުވެއްޖެ
advertisement

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ.

އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި 3 މީހުންނަކީވެސް ހިތަދުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ 3 މީހުންނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި  ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގިފައިވަނީ 331 ސާމްޕަލެވެ.

 މިހާތަނަށް އައްޑޫސިޓީން 321 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ވަނީ 61 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 13 މީހުންނެވެ. މި 13 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 258 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 6390 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫފޭދޫއިން 1 މީހުން ، މަރަދޫއިން 4 މީހުން، ހިތަދޫއިން 48 މީހުން، ހުޅުދޫއިން 7 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްގައި އެއްވެސް މީހަކަށް ފަރުވާ ދެމުންނުދާކަން ފާހަގަކޮށްލަންޖެހެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓު ނަގަން މުހުލަތެއް ދީފި

ކޮޅުމަޑުލު ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތުން އެ ބޯޓު ނަގަން އެ ރަށު ކައުންސިލުން ...

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...

މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީ މަރަދޫފޭދޫގައި  މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޙަމްވި މީހާ ހުކުރު ...