އައްޑޫސިޓީން އަލަށް ނެގުނު 339 ސާމްޕަލް ތަކުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ނުވޭ

advertisement

އައްޑޫ ސިޓީން އަލަށް ނެގުނު 339 ސާމްޕަލްތަލުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް  އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއްޔެ  ހާމަކޮށްފައިވާގޮތުގައި  އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގިފައިވަނީ 339 ސާމްޕަލެވެ.

  މިހާތަނަށް އައްޑޫސިޓީން 318 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 74 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

މީދޫ – ކޮވިޑަށް ޓެސްޓް ހެދުމަށް މީދޫގައި ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީމަރުކަޒުގެ މުވައްޒަފުން ކުރަމުންދަނީ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 4 މީހުންނެވެ. މި 4 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 242 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 6079 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން އިއްޔެއާއި ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫފޭދޫއިން 1 މީހުން ، މަރަދޫއިން 4 މީހުން، ހިތަދޫއިން 60 މީހުން، މީދޫއިން 1 މީހުން، ހުޅުދޫއިން 7 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްގައި އެއްވެސް މީހަކަށް ފަރުވާ ދެމުންނުދާކަން ފާހަގަކޮށްލަންޖެހެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

ފުވައްމުލައް ސިޓީގައި ވެސް ހަލުއި ކަމާއެކު ނޮވެލް ކްރޯނާ ވައިރަސް ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށް ފުވައްމުލައް ...

 ޝަންގްރިއްލާ ވިލިގިލީގެ ހިއްސާ ސަރުކާރުން ވައުދުވީގޮތައް  ދޫކޮށްލައިފި

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ހިންގުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އެތަނުގައި އޮތް ސަރުކާރުގެ 30 ...

ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް ...