ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ

advertisement

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މާދިހު އިސްމާއީލް ނިޔާވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ނިޔާވިއިރު އުމުރަކީ 51 އަހަރެވެ.

މާދިހުގެ ޢާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ ނިޔާވީ ހޮޑުލެވި، ހޭނެތުމުން އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެެވެ.

މާދިހު އިސްމާއީލް އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ބޭބެއެވެ.

މާދިހްވަނީ ރާއްޖޭގައި ބައިބަލާ ކުރިއަރާ އެ ކުޅިވަރުގެ ފޯރި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ފުޓްބޯޅަ ކުލަބުތަކާއި ކްރިކެޓް ކްލަބުތަކަށްވެސް ހިދުމަތް ކުރައްވާފައިވެއެވެ. އަދި އެފްއޭއެމްގެ ބައެއް މަގާމުތަކާއި ކުޅިވަރު އެހެން ބައެއް އެސޯސިއޭޝަންގެ އެކި މަގާމުތައްވެސް އޭނާ ފުރުއްވާފައިވެއެވެ.

ނިޔާވިއިރު މާދިހު ހުންނެވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރުގެ މަގާމުގައެވެ. އެ ސްކޫލްގެ ޚިދުމަތާ އޭނާ ގުޅިވަޑައިގަތީ 29 ޖެނުއަރީ 2012 ވަނަ ދުވަހުން ފެށިގެންނެވެ.

މާދިހުގެ ޖަނާޒާ އޮތީ މިއަދު ހެނދުނު 9:00 ގައި އާސަހަރާގައެވެ.

މަސްދަރު: ތިލަދުން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮރޭއަށް އައްޑޫސިޓީން ވަރަށް ހޫނުމަރުހަބާއެއް ކިޔައިފި

1996 ވަނަ އަހަރު ފުރަތަމަ ފަހަރަށް އައްޑޫއަށް ޒިޔާރަތްކުރި ގާއި މޮރޭ 25 ވަނަ ފަހަރަށް މިމަހުގެ 10 ...

ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. ޖޭޕީ ލީޑަރު ގާސިމް ...

ޖަރުމަނަށް ވަޑައިގަތުމަށް ރައީސް ނަޝީދު އެއާޕޯޓަށް

ޓެރަަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށްޓަކައި ވެލާނާ އެއާޕޯޓަށް ...