ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރިއަށް ހުރަހެއް ނާޅާ: އަސްލަމް

advertisement

ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ޕާލިމެންޓަރީ އިންކުއަރީއަށް ހުރަސް އަޅާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އިންކުއަރީއަށް ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރީއަށް ހުރަސްއަޅާ ކަމެއް އަދި ފާހަގަކުރެވިފައެއް ނުވޭ، ފުލުހުން ވެސް، އެމްއެންޑީއެފްގެ ވެރިން ވެސް، އަދި ވެސް އެހެން ބޭފުޅުން ވެސް ހަމަ ކޮމިޓީއަށް ހާޒިރުވެ ކުރާ ސުވާލުތަކަށް ޖަވާބުދީ އެއްބާރުލުން ދެމުން ދަނީ

އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވި އިރު، ސިފައިންގެ 40 ބޭފުޅަކު ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދުމުން އެ ކަން ނުވާނެ ކަމަށް އެމްއެންޑީއެފުން ކޮމިޓީއަށް ވަނީ އަންގައިފައެވެ. އެ ލިޔުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން ވެސް މަޖިލީހުގެ އިދާރާއިން އެދުނެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

އަސްލަމް މިއަދު ވިދާޅުވީ ވަކިވަކި ސިފައިން ހާޒިރު ނުވުމާ ގުޅޭ ގޮތުން ކޮމިޓީއަށް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ މިސްކިތްތަކުގައިވެސް މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ...

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ...

ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 38 ...