ސޭވް އައްޑޫ ކެމްޕޭނުގައި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން ބައިވެރިވަނީ

advertisement

އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ޤާއިމުކުރާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އައްޑޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ “ސޭވް އައްޑޫ” ކެމްޕޭނުގައި އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާން ފަށައިފިއެވެ

ސޭވް އައްޑޫ ހަރަކާތުގެ ޓުވިޓާ އެކައުންޓުގައި ގިނަ ބަޔަކު “ސޭވް އައްޑޫ” ޖަހާފައިވާ ޕޯސްޓަރުތަކާއެކު ނަގާފައިވާ ފޮޓޯތައް ދަނީ ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި އައްޑޫގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ. އައްޑޫގެ ގިނަ ބަޔަކުވަނީ އައްޑޫގައި އިންޑިޔާއިން ކޮންސިއުލޭޓެއް އަޅަން ނިންމާފައިވަނީ އައްޑޫ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއް ނެތިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ޤާއިމުކުރަން އިންޑިޔާގެ ކެބިނެޓުން ނިންމުމާ ގުޅިގެން އެ ނިންމުން ތަންފީޒުކުރުމުގެ ކުރިން އައްޑޫ ރައްޔިތުންގެ މަޝްވަރާއާ ޚިޔާލު ހޯދުމަށް ގޮވައިލާ އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން ޕެޓިޝަނެއްވެސް އަންނަނީ ތައްޔާރުކުރަމުންނެވެ.އަދި ރޭ 9.00 ގައި އައްޑޫގައި ކޮންސިއުލޭޓެއް ޤާއިމުކުރަން އިންޑިޔާއިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ބާއްވާފައެވެ. މި ޕެނަލުގައި ޕްރޮފެސާ ޙަސަން އުގައިލް، އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން ރިޓަޔާޑް ޑރ.ޢަލީ އިޙުސާންއާއި އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މަސްދަރު: ދިޔަރެސް- ފޮޓޯ: ސޭވް އައްޑޫ ޓުވިޓާ

ހިތަދޫ ހުސެން ސޯލިހުއާއި އައްޑޫސިޓީގެ ކުރީގެ ޑިޕިއުޓީ މޭޔަރު
ފޭދޫ އެސްޓީއެލް ކުރީން ހިންގުމާއި ހަވާލްވެ ހުންނެވި ޝަފީއުއާއި މީދޫގެ ޒުވާނުން
advertisemen
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...

ދިރާގު ޕްލޭ އެޕް – ކޮންމެ ތާކު، ކޮންމެ ވަގުތަކު މުނިފޫހިފިލުވުމަށް

ދިރާގުން “ދިރާގުޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ...

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...