މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުން

advertisement

އައްޑޫ ސިޓިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 274 އަށް އަރާފައެވެ.

އައްޑޫން މިއަދު ޕޮޒިޓިވްވި 4 މީހުންނަކީވެސް ހިތަދުއަށް ނިސްބަތްވާ މީހުންނެވެ.  

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި  ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް ނެގުނު 129 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 4 ސާމްޕަލެވެ.

  މިހާތަނަށް އައްޑޫސިޓީން 274 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 179 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ބަލިޖެހުނު އެއްވެސް މީހަކު ބަލިން ރަގަޅުވެފައި ނުވާއިރު  އައްޑޫއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް  ރަނގަޅުވެފައިވަނީ 93 މީހުންނެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް ، 3920 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކުވަކި ރަށްތަކުން ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 9 މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން 11 މީހުން، ހިތަދޫއިން 123 މީހުން، ރިސޯޓުން 2 މީހުން، މީދޫއިން 8 މީހުން، ހުޅުދޫއިން 24 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވެއެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަތް މަހުގެ ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ!

ރާއްޖެއިން ހަތް މަހުގެ ފިރިހެން ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ. މިއީ މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ ...

ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި

ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. ...

މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ...