ދައުލަތުގެ ވެރިންގެ މުސާރަތައް މިއަހަރުގެ ނިޔަލަށް ކޮށާލަންޖެހޭ – ޒަރިޔަންދު

advertisement

ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް “ކޮށާލަން” ޖެހޭކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަދުން މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ މިއަދު ކުރެއްވި ޓުވިޓެއްގައެވެ.

، ޓެންޑަރ ބޯޑުގެ މިހާރުގެ ޗެއަރމަން އަދި ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހިދުމަތްކުރައްވާފައިވާ ޒަރިޔަންދުގެ ޓުވިޓާގައ އިތުރަށް ވިދާޅުވީ ފުރަބަންދާއެކު އިގްތިސާދީގޮތުން ގެއްލުންތަކެއް ކުރިމަތިވާނޭކަމަށާ އެހެންކަމުން ބަހަނާ ނުދައްކާ 20،000ރ އަށްވުރެ މަތީ މުސާރަލިބޭ ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް “ކޮށާލަން” ޖެހޭކަމަށެވެ .

‘ ބޭރުގެ އެމްބަސީތަކުގައި ބޭރުފައިސާއިން އެލަވަންސް ލިބޭ މީހުން މަދުކޮށް އެމީހުން ރާއްޖެ ގެންނަންޖެހޭ – އަދި އޮފީސްތަކުގެ ޚަރަދުތައް ކުޑަކުރަންޖެހޭ ” ޒަރިޔަންދު ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް ޒަރިޔަންދުކޮށްފައިވާ އެހެން ޓުވިޓެއްގައި ވިދާޅުވެފައިވަނީ ފުރަބަންދަކީ އިގުތިސާދީ ކެކުޅުމެއްކަމަށާ އޭގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ އަމިއްލަ މީހުންގެ ވަޒީފާއާއި ދުވަހު މަސައްކަތުން ފައިސާ ހޯދަމުން އަންނަ މީހުންނަކަމަށްވެސް ޒަރިޔަންދުވަނީ ވިދާޅުވެފައެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...

ފަލަސްތީނު ރަށްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ޚާއްސަ އިވެންޓެއް މިއަދު ހަވީރު މީދޫ ކޯގަންނު ގަބުރުސްތާނުކައިރީގައި

ފަލަސްތީނުގެ ރައްޔިތުންނާ އެކީ ތިބިކަން ހާމަކޮށް ދިނުމަށާ ފަލަސްތީނުގެ ރަށްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ  ގޮތުން ބާއްވާ އިވެންޓެއް  މިއަދު ...

އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން ...