އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންދާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަނުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫމީދޫދާއިރާގެ މެމްބަރު ރޮޒެއިނާ މިހެންވިދާޅުވެފައިވަނީ އެކަމަނާ ކުރައްވާފައިވާ ޓުވިޓެއްގައެވެ.
ރޮޒެއިނާގެ ޓުވިޓާގައި އެކަމަނާ ވިދާޅުވެފައިވަނީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ މައްސަލަތައް ހައްލުނުވެ، ފްލައިން ސްކޫލުން އެދަރިވަރުންނަށް ލައްކަ އަހުވާއެއް ދައްކާފައިވާކަމަށެވެ. އެހެންކަމުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް ލިބެމުންދާ އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ރޮޒެއިނާވަނީ އެކުދިންނަށް އިލްތިމާސް ކޮށްފައެވެ.
ގަމުގެ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ، ކިޔެވުން ނުނިމި ދިގުދެމިގެންދާތީ އެސްކޫލްގެ 86 ދަރިވަރަކު މީގެ ކުރީން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެކަމާބެހޭ ގޮތުންޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން އެކިސަބަބުތައް ދެއްކުމަށްފަހު ސްކޫލުން ވަނީ ވަކި ކޮށްފައެވެ.
މިފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ލޯން ސްކީމްގެ ދަށުން ލޯނުހަމަޖެހިގެން ކިޔަވަމުންދާ ދަރިވަރުންކަމަށްވެފައި އެދަރިވަރުންނަށް ލިބެމުންދާ ގެއްލުމުގެ ވާހަކަ ސަރުކާރަށް ހުށަހެޅުމާއެކު މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެދަރިވަރުން ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބީއެމްއެލްގެ ލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.
އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޮޑިޓްގައި ފާހަގަ ކޮށްފައިވާ މައްސަލައާއި ގުޅިގެން އެސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެމީހެއްގެ މައްސަލާގައި ފިޔަވަޅުތަކެއް އެޅުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވައިފިއެވެ.
މިގޮތުން ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ ފްލައިން ސްކޫލްގެ އެކައުންޓެބަލް މެނޭޖަރ ޢަލީ އަކްބަރު ޖީވަންޖީ އާއި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ ކެޕްޓަން ސުރަންޖަން ޑީ ސިލްވަރއަށެވެ.