ހަރުކަށި ފިކުރުގެ މީހެއް މާލެއިން ހައްޔަރު ކޮށްފި

advertisement

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ، ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި މާލެއިން  އުމުރުން 49 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

އެހެން ނަމަވެސް އެމީހާ އާއި ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވެއެވެ.

އޮންލައިން ނޫސް “މިހާރު” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން މިރޭ ހައްޔަރުކޮށްފައިވަނީ, 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި ހައްޔަރުކޮށް ހުކުމް ތަންފީޒުކޮށްފައިވާ އަބްދުﷲ އަލިމަނިކެވެ.

ހަރުކަށި ފިކުރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ހަރުކަށި ފިކުރުމުގެ އަދި މީހުން މެރުމަށް ފަސްނުޖެހޭނެ 1000އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބިކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ ބޮޑުވެފައިވާއިރު، މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީވެސް ހަރުކަށި ފިކުރާ ގުޅިފައިވާބައެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ދާދި ފަހުން ފުލުހުން ނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައިވެސް އައިއެސް ޖަމާއަތައި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ ...

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...

މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...