ހުވަދުއަތޮޅު 4 ރަށެއްގައި އައުޓްޑޯރ ވޮލީ ކޯޓު ގާއިމްކުރުމަށް އިއުލާންކޮށްފި

advertisement

ހުވަދުއަތޮޅު 4 ރަށެއްގައި އައުޓްޑޯރ ވޮލީ ކޯޓު ގާއިމްކުރުމަށް ޔޫތު މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ހުވަދުއަތޮޅު 4 ރަށެއްގައި އައުޓްޑޯރ ވޮލީ ކޯޓު ގާއިމްކުރުމަށް ޔޫތު މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އިއުލާންކޮށްފައިވާ 25 ރަށުގެ ތެރެއިން ހުވަދު އަތޮޅުގެ 4ރަށް ފިޔަވައި އައުޓްޑޯރ ވޮލީ ކޯޓު ގާއިމްކުރުމަށް ނިންމައިފައިވާ ރަށްތަކަކީ:

  • ހދ. ފިނޭ ، ހދ. ކުޅުދުއްފުށި ، ހދ. ކުމުންދޫ ، ހދ. ނޭކުރެންދޫ
  • ށ. ފުނަދޫ ، ށ. މިލަންދޫ
  • ބ. ކެންދޫ، ބ. ގޮއިދޫ
  • ޅ. ހިންނަވަރު
  • ކ. ތުލުސްދޫ
  • ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ
  • މ. ދިއްގަރު
  • ފ. މަގޫދޫ، ފ. ނިލަންދޫ
  • ތ. މަޑިފުށި، ތ. ހިރިލަންދޫ
  • ލ. ފޮނަދޫ
  • ޏ. ފުވައްމުލައް
  • ސ. ފޭދޫ

އައުޓްޑޯރ ވޮލީ ކޯޓު ގާއިމްކުރުމަށް މިއަދު އިއުލާނުކުރުމަށްފަހު ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވީ، މިއީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއްކަމަށެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ރާއްޖޭގައި އެންމެ ފުރަތަމަ އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ގާއިމްކުރީ ކ.ހުރާގައެވެ. އެތަން ހުޅުވާފައިވަނީ 2020ވަނަ އަހަރު ޖުލައި މަހުގައެވެ. އެ ވޮލީކޯޓު ހުޅުވުމަށްފަހު ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވީ، ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ރަށްރަށުގައިވެސް މިފަދަ ކޯޓުތަށް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތިނަދޫ މުދިމެއްގެ މެޔަށް ދަގަނޑެއް ހެރިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

ގދ. ތިނަދޫ މަސްޖިދުލް ޢަލީގެ މުދިމް އަހުމަދު ޝާތިރުގެ މެޔަށް ދަގަނޑެއް ހެރިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ...

ސްރީލަންކަންގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި

ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި ގަމާއި ދެމެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފަ އޮތުމަށްފަހު އެ އެއަރލައިންސްގެ ...

ޓާޝަރީ 3 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ: ރައީސް

ޓާޝިއަރީ 3 ހޮސްޕިޓަލެއްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ...