ކޮވިޑް 19 އަށް ހުޅުދޫ މީދުން މިއަދު ޕޮޒިޓިވްވީ ދެމީހުން

advertisement

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ދެމީހުނަކީވެސް ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ހޯމް ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

މިއަދު ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަނެއް މީހާއަކީ ހުޅުދޫ މީހެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދުން މިއަދު ޕޮޒިޓިވްވި ދިވެހިމީހާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި 14 ދުވަސް ވުމުން އޭނާ ކަރަންޓީނުން ދޫކޮށްލަންވެގެން ނެގި ސާމްޕަލް ޕޮޒިޓިވްވެގެންނެވެ. އެހެންކަމުން އޭނާ އަދި އިތުރަށް 14 ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނެއެވެ.

މިއަދު ޕޮޒިޓިވްވި ދެމީހުންނާ އެކު ޖުމްލަ 66 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުދޫން ޕޮޒިޓިވްވި 55 މީހުންނާއި މީދުން ޕޮޒިޓިވްވި 11 މީހުންނެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދަދެއްގެ ގޭގޭ ވަނީ ކަރަންޓީން ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހުޅުދޫއާއި މީދުން ކޮވިޑަށް ޓެސްޓްކުރުމަށްނަގާފައިވަނީ 48 ސާމްޕަލެވެ.

ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ .

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ

ޏ. ފުވައްމުލަކަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ އެވެ. މިގޮތުން، އެންމެ ބޮޑަށް އުދަ އަރާފައިވަނީ އެރަށު ފަޔާ ...

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ބަހާއުއްދީން މަގުސާފްކުރުމުގެ މަސައްކަތް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ވެށި ސާފްކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން މީދޫ ބަހާއުއްދީންމަގު  ސާފްކުރުން ...

ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ ރޭގެ ފަތިހުގެ ވަގުތެއްގައި ފޮނަދުއަށް އެރި ...