ކޮވިޑް 19: މިއަދު ހުޅުދޫ އާއި މީދުން ޕޮޒިޓިވްވެފައިވަނީ އެކަކު

advertisement

އިތުރު 1 އެކަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހާއަކީވެސް ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ހޯމް ކަރަންޓީނުގައި ހުރި ހުޅުދޫ މީކެވެ.

މިއަދު ޕޮޒިޓިވްވި މީހާއެކު އެކު ޖުމްލަ 64 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުދޫން ޕޮޒިޓިވްވި 53 މީހުންނާއި މީދުން ޕޮޒިޓިވްވި 11 މީހުންނެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދަދެއްގެ ގޭގޭ ވަނީ ކަރަންޓީން ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހުޅުދޫއާއި މީދުން ކޮވިޑަށް ޓެސްޓްކުރުމަށްނަގާފައިވަނީ 15 ވަރަކަށް ސާމްޕަލެވެ.

ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ހަލުއި ކަމާއެކު ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

advertisement
Next: ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި