ރައްކާތެރިވެތިބުމަށް އިއުތިމާސްކޮށް ޚާއްސަ ފިޔަވަޅުތަކެއް އައްޑޫސިޓީން ކަނޑައަޅައިފި

advertisement

ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އައްޑޫސިޓީގައި އޮތްކަމަށް ލަފާކުރެވޭތީ ރައްކާތެރިވެތިބުމަށް އިއުތިމާސްކޮށް އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ހާމަކޮށްފައިވާގޮތުން  ކޮވިޑް 19 އާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާއިގުޅިގެން އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އައްޑޫގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޮނިޓަރިން ހާލަތު އުވެންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ތިރީގައި ދަންނަވާފައިވާ ފިޔަވަޅުތައް  އަޅަން ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ އަޅާފައިވާ ފިޔަވަޅުތައް

1- އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުމާއި އެއްގެއިން އަނެއްގެއަށް ޒިޔާރަތްނުކުރުން

2- އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޖިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތްދިނުން

3- ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ހިދުމަތްދިނުން، އަދި ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދިނުން

4- ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން

5- ޕާޓީތަކާއި، ހަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުން، މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭ.

6- ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

7- މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުން.

8- އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ހިދުމަތްދިނުން.

advertisement

މަތީގައިވާ  އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާ، ރައްކާތެރިކަމަށްޓަކާ އަންގާ އެންގުންތަކެއް ކަމަށްވާތީ އެ އެންގުންތަކާއި އެއްގޮތަށް ހުރިހާ އެންމެންވެސް އަމަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ހިތަދޫގައި ހުރި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

އަދި އޭގެ އެއްދުވަސް ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދޫއާއި މީދުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެދެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

advertisement
Next: ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި