ޓްރާސްޕޯޓް މިނިސްޓްރީ ކުރަނީ ވައްކަން، ނަހުލާއަކަށް އެކަމެއް ނުހުއްޓުވުނު: ނިހާދު

advertisement

ޓްރާސްޕޯޓް މިނިސްޓްރީން މިހާރުވެސް އެތައް ވައްކަމެއް ކުރަމުންދާކަމަށާއި، އެކަން މިނިސްޓަރ ނަހުލާއަކަށް ނުހުއްޓުވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ ނިހާދު ކުރައްވާފައިވާ ޓުވިޓެއްގައެވެ.

ނިހާދު މިހެން ވިދާޅުވުމުގެ ކުރީންވެސް  ޓްރާސްޕޯޓް މިނިސްޓްރީ ތަފާތު އެކި ވައްކަންތައް ހިންގަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަމުން ގޮސްފައިވެއެވެ . ޚާއްސަކޮށް  މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން އެވާހަތައް ތަކުރާރުކޮށް މަޖިލީހުގައި ދައްކަމުންގޮސްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީއަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ވަގަށް ވެހިކަލް ރަޖިއްޓްރީ ކޮށްދިނުމާއި، ގަރާޖު ޕާކިން މައްސަލައާއި، ލައިސަންސް މައްސަލަތަކާއި މިނޫންވެސް ގިނަ މައްސަލަތަކެއް ފެންމެތިވެ މިހާރުވެސް ބައެއް މައްސަލަތައް އޭސީސީއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ސިޔާސީ މައިދާނުން ފެނިވަޑައިގަތީ 2018 އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިންނެވެ. އެމްޑީޕީއާއެކު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުން ޖޭޕީގެ ކެމްޕެއިންނަށް އެކަމަނާ ރަށްރަށަށް ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓިގެ ކޮންގްރެސްގައި އެޕާޓިގެ ކައުންސިލަށް ކުރިމަތިލައްވާ އިންތިޚާބުވެވަޑައިގަތެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސަށް ރިޔާސީ ޓިކެޓް އަރުވާ ޖަލްސާވާނީ އިދިކޮޅު ފަރާތްތައް ސިއްސައިގެންދާފަދަ ޖަލްސާއަކަށް: ޝަރީފް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ބާއްވާ ޖަލްސާ ވެގެންދާނީ އިދިކޮޅު ފަރާތްތައް ...

ފާހި ރޮއްވާލުމަށްފަހު ލޮތާރި ޖޫނިއާސް ސެމީފައިނަލަށް

ފޭދޫ ފާހި ސްޕޯޓްސް ކަޓުވާލުމަށްފަހު މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ގެ ސެމީފައިނަލަށް  މީދޫ  ލޮތާރި ޖޫނިއާސް ...

ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ. އުސްތާޛް ...