ހުރިހާ ރަށެއްގައި މާސްކުއެޅުން މިހާރުވެސް މަޖުބޫރު: އެޗްޕީއޭ

advertisement

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެންގި އެންގުން އެ ގޮތުގައި ދެމި އޮތްކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާން ކޮށްދީފި އެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިމިވަނީ މިހާރަކަށްއައިސް މާލޭގައި އަދި ރަށްރަށުގައިވެސް މީހުން މާސްކު ނާޅާ ބޭރުގައި އުޅޭ އަދަދު އިތުރުވުމާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާސްކުއަޅަން ހަނދާންކޮށްދިނުމަށެވެ.

މާސްކުއެޅުން އެޗްޕީއޭއިން މަޖުބޫރުކޮށްފައި ވީނަމަވެސް ކަމާބެހޭ އިދާރާތަކުން މާސްކުނާޅާ އުޅޭ ފަރާތްތައް ހުއްޓުވާ ނަސޭހަތް ދީފައިވަނީ މާސްކުއަޅަން ފުރަތަމަ މަޖުބޫރިކުރިތާ ކުރީކޮޅުއެވެ. މިހާރު އެފަދަ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކޮށްލެވެ.

ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކުރީ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާސްކުގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ މާސްކު އަޅާ އިރު ރަނގަޅަށް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް އެޅުމުން ކަމަށެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 29،370 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 24،703 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 73 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 134 މީހުންނެވެ.

ނިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނަގައިފައިވަނީ 2،556 ސާމްޕަލެވެ.

އޭގެތެރެއިން 318 މީހަކު ޕޮޒިޓްވެފައިވެއެވެ. އެއީ މާލެއިން 142 މީހުންނާއި، އަތޮޅުތަކުން 130 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 33 މީހުންނާއި އަދި އިންޑްސްޓްރިއަލް އައިލެންޑްސްއިން 4 މީހުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު ކޮވިޑަށް ފައްސިވީ 318 މީހުން!

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 318 މީހުން ފައްސި ވެއްޖެއެވެ. އަދި 128 މީހުން ބަލިން ރަނގަޅު ...

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 23 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

އަފްގާނިސްތާން ޖަލުގައި ތިބި ދިވެހިން މިނިވަން ވެއްޖެ

އަފްގާޣާނިސްތާނުގެ ޖަލުގައި ގައިދީން ގެ ގޮތުގައި ތިބި ދިވެހި އާއިލާ މިނިވަންވެއްޖެއެވެ. އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، ...