ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދެނީ

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފި.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފިއެވެ.

މި އިޞްލާޙު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ކަމާގުޅުންހުރި މިނިސްޓަރު އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެ މާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައިވެއެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.

ކޮމިޓީން ގެނެސްފައިވާ އިސްލާހު ގައި ބުނެފައިވަނީ ޢާންމު ޞިއްޙަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައެވެ. އަދި އާާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދިނުމަށްފަހު އެކަން ލަސްނުކޮށް ވަޒީރު ރައީސަށް އެކަން ހުށަހަޅަންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.

މިއިސްލާހު ފާސްވެއްޖެ ނަމަ، ދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑި އިރު ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެއެވެ.

މީގެ އިތުރުން ވެސް ކޮމިޓީން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ޤާނޫނުގައި ބަޔާންކުރާ ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރު، ތަފްޞ ލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލ ހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލ ހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެންނުވާނެކަމަށް ވަނީ ބުނެފައެވެ.

ކޮމިޓީ ރިޕޯޓުގައިވާގޮތުން ހަރަދު ކުރުމާ ގުޅޭ އިސްލާހުގެ މައިގަނޑު ސަބަބަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދު ކުރެވޭ ފައިސާ އާއި އެ ހަރަދުކުރެވޭ ގޮތް ދެނެގަނެވި، ކަމާ ގުޅުން ހުރި ފަރާތްތައް މަޖިލީހުން ޖަވާބުދާރިކުުރުވުމެވެ.

މަސްދަރު: ޚަބަރު އޮންލައިން

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަރުމަނަށް ވަޑައިގަތުމަށް ރައީސް ނަޝީދު އެއާޕޯޓަށް

ޓެރަަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށްޓަކައި ވެލާނާ އެއާޕޯޓަށް ...

ކޮވިޑް 19 އަށް މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވީ 3 މީހުން

އިތުރު 3 މީހަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ...

ހިތަދޫން އިއްޔެ 14 މީހަކު ކޮވިޑް 19 ޕޮޒިޓިވް

އައްޑޫ ސިޓީ ހިތަދޫގެ އިއްޔެ 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ...