އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އެކުންފުނިން އިއުލާނު ކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާގޮތުން އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ކަމަށް އެކުންފުނިން ބުނެއެވެ. ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ ދެ އެޖެންޓުންނެވެ. އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން ދެ އަތޮޅަށެވެ.

އެޖެންޓުން ކުރަން ޖެހޭ މަސައްކަތަކީ އެ ކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުމެވެ. އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ވިޔަފާރިތަކަށެވެ.

އެޖެންޓުން ގޮތުގައި ރަޖިސްޓަރީ ކުރަން ހަމަޖެހިފައިވަނީ ބޭނުންވާ ފަރާތްތަކުން، މި މަހުގެ 18ވަނަ ދުވަހު 14:00 ގެ ކުރިން tenders@sto.mv އީމެއިލް އެޑްރެސް އަށްމެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ. ރަޖިސްޓްރީ ކުރާއިރު އެޖެންޓަކަށް ވުމަށް އެދޭ އަތޮޅާއި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. ޖޭޕީ ލީޑަރު ގާސިމް ...

ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ...

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...