މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް” ޗެނަލް ލޯންޗުކޮށްފި

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް”ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ޝަރީފް ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ކުޅިވަރު ހަރަކާތްތަކާއި ކޮންޓެންޓު ގެނެސްދޭ، ރާއްޖޭގެ އެންމެ ފުރަތަމަ ޗެނަލްއެވެ.

އައިސް ސްޕޯޓްސް ޗެނަލް ފެންނާނީ މީޑިއާނެޓުގެ Ch102 އިންނެވެ. އަދި މީޑިއާ ނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނުންވެސް އައިސް ސްޕޯޓްސް ޗެނަލް ފެންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓުން ބުނީ އައިސް ސްޕޯޓްސް ލޯންޗުކުރުމާއެކު، މިހާރު ކުރިއަށްދާ ސީޒަނުގެ ބުންޑަސްލީގާގެ ބާކީ ހުރި މެޗުތައް ލައިވްކޮށް މުޅި ރާއްޖެއަށް އެ ޗެނަލުން ފެންނާނެ ކަމަށެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ހަވީރު 5 ޖަހާއިރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ...

އިތުރު ފުލުހުން ނެރެގެންނަމަވެސް ގަވާއިދުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރާނަން- އައްޑޫޕޮލިސް

އައްޑޫސިޓީގައި ކަނޑައަޅާފައިވާ ކާފިއު ވަގުތުގައި ބަލަންޖެހޭ ކަންތައްތައްބަލާ ތަންފީޒު ކުރުމަށް ކުރިއަށްވުރެ ބޮޑަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ފުލުހުން ...

ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު

ބ. އޭދަފުށީގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމެއް ފެށުމަށް ބ. އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ ...