ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޯވިޑް ވެކްސިން ހިލޭދިނުން : ރައީސް

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޯވިޑް-19ގެ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެެވެ. އެގޮތުން އެކަމަށް ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ “ކޮވެކްސް ފެސިލިޓީ”ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން އެ ސެންޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުގެ ތެރެއިން، ޞިއްޙީގޮތުން ރައްކާތެރި، އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީންކުރެވިފައިވާ 4 ވެކްސިނެއް މިހާރު ފާހަގަކުރެވިފައިވާކަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދިމާވަމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަނެ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...

ބީއެމްއެލް މަނަދޫ ބްރާންޗްގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފި

މިއަދު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ނ.މަނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް މަނަދޫ ...

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް ސޯލިހު

އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު ...