އެމްއީސީ ބަދަހިކަޕް – އެސްޓީއޯ 164 ހާޒިރު ނުވުމުން މެޗް ހުދުހުދަށް

ހުޅުމީދޫގައި ހިންގަމުންދާ މުވައްސަސާތަކަށް ހުޅުވާލައިގެން މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިސްނަގައިގެން ” އެމްއީސީ ބަދެހިކަޕް” ގެ ނަމުގައި  ކުރިއަށްގެންދާ ނެޓްބޯޅަ މުބާރާތުގައި ޓީމް ހުދުހުދާއި  ދެކޮޅަށް ކުޅެން އޮތް މެޗަށް އެސްޓީއޯ 164 ގެ ޓީމްގެ ކުޅުންތެރިން ދަނޑަށް ހާޒިރު ނުވުމުގެ  ސަބަބުން މެޗު ކެންސަލު ކުރަން ޖެހިއްޖެ އެވެ.

ރޭ 20:00 ގައި ޓީމް ހުދުހުދާއި ދެކޮޅަށް ކުޅެން އޮތް މެޗަށް އެސްޓީއޯ 164  ހާޒިރު ނުވުމުން އެ މެޗު ކެންސަލްކޮށްފައިވާ އިރު މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދިކޮޅު ޓީމަށް ވަނީ 3 ޕޮއިންޓާއި 5 ޕޮޓް ލިބިފައެވެ.

ރޭ އެސްޓީއޯ 164  ފަރާތުން ކުޅިވަރު ރޫހާ ހިލާފު އަމަލެއްކޮށް  މެޗްކުޅުމަށް ދަނޑަށް ހާޒިރު ނުވިކަމުގައިވިޔަސް  އެޓީމާއިދޭތެރޭ އޮގައިޒިންގ ކޮމިޓީން އިތުރު ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

އެސްޓީއޯ 164 ޓީމުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި ރޭގެ މެޗަށް އެޓީމް ހާޒިރުނުވީ އެސްޓީއޯ ފާމަސީއާއި ޓީމް ހުދުހުދު ބައްދަލުކުރިމެޗްގައި މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ކުޅުވައިގެން ޓީމް ހުދުހުދު މެޗުން މޮޅުކުރުވުމަށް އަމްޕަޔަރުން މަސައްކަތްކޮށްފައިވާކަމަށްބުނެ  އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.

އެސްޓީއޯ 164 ގެ ތުހުމަތުތަކާއިބެހޭގޮތުން މުބާރާތް އޮގައިނަޒިން ޓީމްގައި ހިމެނިވަޑައިގަންނަވާ ޝިޔާސާ ރަޝީދުއާއި ސުވާލުކުރުމުން ޝިޔާސާ ވިދާޅުވީ

ބައެއްއްޓީމްތަކުގެ އޮފިޝަލުންގެ ފަރާތުންނާއި އެހެނިހެން ބައެއް ފަރާތްތަކުން އޮގަނައިޒިންގ ޓީމުން މުބާރާތުގައި ޓީމެއް ބައިވެރިކޮށް އެޓީމު ކުޅޭ މެޗްތަކުގައި އަމްޕަޔަރުންނަށް” އެޓީމު މޮޅުވާގޮތައް ނިންމުންތައް ނިންމައިދިނުމަށް  އޮގަނައިޒިން ކޮމިޓީން އެދެމުންދާކަމަށާ އަދި އެގޮތައް އަމްޕަޔަރުންގެ ނިންމުންތައްހުރިކަމަށް ދައްކަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއްނޫން. މިމުބާރާތުގައި އޮގަނައިޒިންގ ކޮމިޓީން ޓީމެއް ބައިވެރިކޮށްފައިނުވާނެ. އަދި ވަކިޓީމެއް މޮޅުވާގޮތައް އަމްޕަޔަރުންގެ ނިންމުތައް ނިންމައިދިނުމަށް އަމްޕަޔަރުންގެ ފަރާތުގައި އެދިފައިވެސް ނުވާނެ ، މިފަދަ ކުޅިވަރުގެ ރޫހާއި ޚިލާފް ދޮގުމައުލޫމާތުތައް ފަތުރާ މިމުބާރާތް ބާއްވާ މަގުސަދު އޮޅޭގޮތައް ދޮގުމައުލޫމާތު ފަތުރަމުންދިއުމަކީ ވަރަށް ދެރަކަމެއް ،  އަދި މުބާރާތުގެ ކުރިއަށް ހުރިމެޗްތަކުން އެސްޓީއޯ 164 ގެ ފަރާތުން އެފެނުނު ކުޅިވަރުގެ ރޫހާއި ޚިލާފް އަމަލު ތަކުރާރު ނުވާނެކަމަށްވެސް އުއްމީދުކުރަން ، އަޅުގަޑުމެން ބޭނުންވަނީ މިމުބާރާތް ކުޅިވަރުގެ ރޫހާއި އެއްގޮތައް ކުރިއަށްގެންގޮސް ވީހާވެސް އިންސާފްވެރިކަމާއެކު މުބާރާތް ނިމިގެންދިއުން ވީމާ ހުރިހާޓީމްތަކުންވެސް މިގޮތައް މިމުބާރާތް ކުރިއަށް ގެންގޮސްދިނުމުގައި އަޅުގަޑުމެންނަށް އެއްބާރުލުން ދެއްވުމަކީ އަޅުގަޑުމެންގެ ވަރަށްބޮޑު އެދުމެއް .”  މިމުބާރާތް  އިންތިޒާމްކުރާ ޓީމްގައި ހިމެނިވަޑައިގަންނަވާ ޝިޔާސާ ރަޝީދު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު މެޗްގައި އެސްޓީއޯ 164 އާއި ހުޅުދޫ ޔޫތު ބައްދަލުކުރިމެޗް 29 ޕޮޓް 0 ޕޮޓުން ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ޔޫތެވެ.

Next: އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް