ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ފެތިރޯނުމަގުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ޕޮލިސް ވެހިކަލާއި ހުޅުދޫ ސޯސަންމަގުން އިރުން ހުޅަގަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.

ސައިކަލްއާއި ޕޮލިސްވެހިކަލް ޖެހި ހިގި މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީދޫ ޒުވާނާ ވިއްސައިގެން ގޮސް ހުޅުދޫ ހަވާއީ ފާރުގައި ޖެހިފައިވާކަމަށް އެކްސިޑެންޓާއިބެހޭގޮތުން ވީއޯއެމްއަށް މައުލޫމާތު ދީފައިވާ ފަރާތުން ބުނެފައިވިޔަސް އެޒުވާނާއަށް ބޭރުފުށުން މާބޮޑެތި ގެއްލުމެއް ލިބިފައިނުވެއެވެ. އެހެންނަމަވެސް މިއެކްސިޑެންޓްގައި ސައިކަލްއާއި ޕޮލިސް ވެހިކަލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިއެކްސިޑެންޓް ހިގަން ދިމާވި ގޮތް ހުޅުމީދޫ ޕޮލިސްސްޓޭޝަނުން މިހާރުދަނީ ބަލަމުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮންމެ މީހަކާމެދުވެސް ހިތްހެޔޮކަމާ އިޚްލާސްތެރިކަމާއެކު ވާހަކަ ދައްކަމާތޯ ؟

ވަރަށްގާތް ރަށްޓެއްސަކު ކިޔައިދިނެވެ. ” އެއްދުވަހަކު އޭނަޔާއި އޭނަގެ ރަށްޓެއްސަކު  އޮފީހެއްގެ މުވައްޒަފަކާ މުހިއްމުކަމަކު ބައްދަލުކޮށްލަން ދާންޖެހުނެވެ. އެހެންކަމުން ...

އަޅުގަޑު މަސައްކަތްކުރާނީ ރަށްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން – ސާލިހާ

މީދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ހަވާލުކުރެއްވި މަގާމުގެ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާ، އަމާނާތްތެރި ކަމާއެކު ...

ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ. ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ...