މީދޫ – ހިތަދޫ އެކުވެރިކަމުގެ މެޗް ބޮޑުތަފާތަކުން ހިތަދޫ ކާމިޔާބުކޮށްފި

” އައްޑޫ ޔޫތު ޗެލެންޖާސް 2020 ”  ނަމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި މީދުން ބައިވެރިވިޓީމް  މިމުބާރާތައް ތައްޔާރު ވުމަށްޓަކައި މިއަދު ކުޅުނު އެކުވެރިކަމުގެ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެވެ.

މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި ހިތަދޫޓީމަކާ ބައްދަލުކޮށް   6-0 ގެ ބޮޑުތަފާތަކުން މީދޫޓީމް ބަލިވެފައިވާއިރު މިމެޗުގައި ހިތަދޫ ޓީމްގެ ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މީދޫ ޓީމް މިމެޗުން ބަލިވިކަމުގައިވިޔަސް މިމެޗްގައި ރަނގަޅު ގޭމެއް ކުޅެވޭތޯ އެޓީމުގެ ކުޅުންތެރީންވެސް މަސައްކަތްކޮށްފައިވެއެވެ.

މިމެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިތަދޫ ޓީމުން 4 ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ހޯދިދިއިރު ހިތަދޫޓީމްގެ ފަހު ދެލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހުހާފްގައެވެ.

Next: އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “