ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވް ކުއްޖަކަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އައިސީޔޫ ގައި ފަރުވާ ދެނީ

ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެތަނުގެ އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީންގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ދ. ކުޑަހުވަދޫ އިން ޕޮޒިޓިވްވި ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެނެސް އެތަނުގެ އައި.ސީ.ޔޫ ގައި މިއަދު ވަނީ އެޑްމިޓް ކުރެވިފައެވެ.

ކުޑަހުވަދޫ އިން މި މަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި 3 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ. ބެލެވޭ ގޮތުގައި މިއީ އެއް އާއިލާގެ މެމްބަރުންނެވެ.

މި މީހުން ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ ހޯމް ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން: ރައީސް

މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ...

ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ ...

ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ...