ލޮތަރި އެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫގައި މިހާތަނަށް ބޭއްވުނު  އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ” ގައުމު ސްޓްރީޓް ކަޕް ” ގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދައިފިއެވެ.

ލޮތަރި އެފްސީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅެވުނު  ފައިނަލްމެޗްގައި ހިތަދޫ ކްލަބް ރިވެރިން ނެކްސަސް 1 ލަނޑު 0 ލަނޑުން ބަލިކުރުމަށްފަހުގައެވެ.

ލޮތަރިއަށް ޗެމްޕިއަންކަން ހޯދައިދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ރަޔަން

މިމެޗްގައި ލޮތަރި އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފަހުހާފްހެ 11 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދީނީ އެޓީމްގެ ރަޔަންއެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ލޮތަރި އެފްސީގެ ރަޔަން ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އުސްގަޑަ ޖޫނިއަސްގެ އިބްރާހިމް އަލަމް ނަސީރުއެވެ.

ފެއާޕްލޭޓީމަކަށް މަރަދޫ ގަބުރު އެފްސީ ހޮވިފައިވާއިރު ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ޒެފިޔާގެ އީމާން ނަސީމެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ

މީދޫ ލޮތަރި އެފްސީގެ ރަޔަން މަންސޫރު

މަރަދޫ ގަބުރު އެފްސީގެ މުހައްމަދު އިރުފާން

ހިތަދޫ ކްލަބް ރިވެރިންގެ އަމީން އިބްރާހިމް

ފޭދޫ އެފްސީ ހަބޭސްގެ އަލީ ލިރުއާމް

ފޭދޫ ސަންއޮފް ލޮންސްގެ ހަސަން ޝިފާޒް

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރީންނަކަށް ހޮވިފައިވަނީ

މީދޫ ލޮތަރި އެފްސީގެ ރަޔަން މުއްސަދު

ފޭދޫ ސަންއޮފް ލޮންސްގެ ހުސެން ޝިފާޒް

ހިތަދޫ ޒެފިޔާގެ އީމާން ނަސީރު

އެންމެ މޮޅު ކޯޗަކަށް ހޮވާފައިވަނީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ލޮތަރި އެފްސީއަތުން ފައިނަލްމެޗްގައި ބަލިވި ހިތަދޫ ކްލަބް ރިވެރިންގެ ކޯޗް  އަހުމަދު ނާޒިމްއެވެ.

މީގެ އިތުރަށް މިމުބާރާތުގެ އޮފިޝަލްކަންކޮށްދެއްވި ފަރާތްތަކަށާ މިމުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިވި ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިއުންދީފައިވެއެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި އައްޑުއަތޮޅުގެ ހުރިހާ ރަށަކުންވެސް ޓީމްތަކެއް ބައިވެރިވިއެވެ. މިގޮތުން މިމުބާރާތުގައި 20 ޓީމެއް ބައިވެރިވެފައިވެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޟްވާން ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ޔާމީން – ހުސެއިން ވަހީދު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ...

 ހުޅުދޫ ހިމެނޭހެން 16 ރަށެއްގައި ޔޫތު ސެންޓަރު އެޅުމަށްކައުންސިލްތަކާއި ހަވާލުކޮށްފި

ހުޅުދޫ ހިމެނޭހެން 16 ރަށެއްގައި ޔޫތު ސެންޓަރު އެޅުމަށް ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށް ...

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތުގެ މަސައްކަތް ފަށައިފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ...