ރައްޔިތުންގެ މަޖިލިސްގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.
ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެެއްވި ހުސެއިން މުހައްމަދަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި، އިސްމަގާމްތަކެއް އަދާކުރެއްވި ހުނަރުވެރި ކުޅަދާނަ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ހުސައިން ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ބޭރު ދުނިޔޭގެ ޚަބަރުތައް ދިރާސާ ކުރެއްވުމުގެ ދާއިރާއެވެ.
މީގެ އިތުރުން ހުސައިންއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.