މާލެއިން އައްޑޫ އަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީން ހާަމކޮށްފައިވާގޮތުން އައްޑޫއިން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ..
އެމީހުން ޕޮޒިޓިވްވި އެނގިފައިވަނީ ފުރުމުގެ ކުރިން ޓެސްޓު ކުރުމަށް މާލެއަށް ދިން ސާމްޕަލުންނެވެ.
މި ދެ މީހުންނާއެކު އައްޑޫގައި މިހާރު ކޮވިޑްގެ 8 އެކްޓިވް ކޭސް އެބަ އުޅެއެވެ. މި ބައްޔަށް އައްޑޫ އިން ޕޮޒިޓިވް އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށްވާއިރު، ބައެއް މީހުން މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.
ހަލުވިކަމާއެކު މާލޭގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިހާރު އަތޮޅުތެރޭގައި ވެސް އަންނަނީ މިބަލި ފެތުރެމުންނެވެ. އެގޮތުން އަތޮޅު ތެރޭގެ ރަށްތަކުގައި މިބަލި ފެތުރެމުންދަނީ ހޯމް ކަރަންޓީނަށް ވައިގެމަގުން މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާ މީހުންގެ އިތުރަށް ކަނޑު ބޯޓު ފަހަރުން މާލެން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރަމުން ދާމީހުންނެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތައް މިވަގުތު ރާއްޖޭގެ 31 ރަށެއްގައި އުޅޭއިރު، 15 ރިސޯޓަކުން 14 ފަތުރުވެރިއަކާއި 18 ސްޓާފުންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.