ގައުމު ސްޓްރީޓްކަޕް – ޕެނަލްޓީގައި އުސްގަޑަ ބަލިކޮށް، ރިވެރިން ސެމީއަށް

ގައުމު ސްޓްރީޓް ކަޕްގައި  ޕެނަލްޓީ ޖަހައިގެން ހިތަދޫ އެފްސީ އުސްގަޑަ ބަލިކޮށް، ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި ރޭ  ކުޅުނު ކްއާޓާފައިނަލްގެ ދެވަނަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އުސްގަޑާއި ރިވެރިން އޮތީ 0- 0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހިޖެހުމުގައި ރިވެރިން  މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޖެހިޖެހުމުގައި ރިވެރިން ޓީމުން ޖެހި 3 ޕެނަޓީވެސް އެޓީމުން ކާމިޔާބުކޮށްފައިވާއިރު އުސްގަޑަ ޓީމުން ޖެހި 3 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ހަމައެކަނި ކޭޑީ ޖެހި ޕެނަލްޓީއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވެރިންގެ އަމީން އިބްރާހިމްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކިނޮޅަހުކައުންސިލުގެ ރޯދަ ހަދިޔާ ކޮންމެ ގެއަކަށް ހަނޑޫ އަދި ހަކުރު ބަސްތާއެއް!

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ...

ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ތ. އަތޮޅާ ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ...

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ރުއްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ” އައްޑޫނަލަފެހި ” ޕްރޮގްރާމްގެ ދަށުން މީދޫގެ ކައުންސިލް އިދާރާއިން އިސްނަގައިގެން ...