އިއްޔެ 103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިއްޔެވެސް  103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ  ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުން ޖުމްލަ ޢަދަދު 7،000 އާއި ގާތްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް 19  ޕޮޒިޓިވްވެފައިވަނީ 133 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި، 30 ބިދޭސީންނެވެ.

އަލަށް ބަލިޖެހުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާގެ 8 މީހަކާއި، ޔޫ.އޭ.އީގެ 2 މީހަކާއި، އިނގިރޭސިވިލާތުގެ 2 މީހަކާއި، ސްރީލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 6،912 އަށް އަރާފައެވެ.

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވި  ކޭސްތައް ފެނުނު ސަރަޙައްދުތަކަށް ބަލާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުން 121 ކޭސް ވަނީ ފެނިފައެވެ. އަދި އަތޮޅުތަކުން 12 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މި ކޭސްތަކަކީ ފުރަބަންދު ކަރަންޓީން ފުރިހަމަކުރާ ފަރާތްތަކުގެ ކިބައިން ފެނިފައިވާ ކޭސްތަކެއްކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ

ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން  އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 75 މީހެކެވެ. މިއާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4،297އަށް އިތުރުވެފައެވެ.

މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދުވެސް މިހާރު މިވަނީ 28އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2،588 އަކަށް އަރާފައިވާއިރު، އޭގެ ތެރެއިން 1،458 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އަންނަނަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މިވަނީ 171 އަކަށް އަރާފައެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ރާއްޖޭން މިހާތަނަށް 104،631 (އެއްލައްކަ ހަތަރު ހާސް ހަ ސަތޭކަ ތިރީސް އެއް) ސާމްޕަލް ޓެސްޓްކުރުމަށްޓަކާ ވަނީ ނަގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 23 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 42 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ...

ބަދަހިކަޕް: ޕޮލިހާއި ޓީމްއެމްކޭ ފައިނަލަށް

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” ގެ  ފައިނަލް ހުޅުމީދޫ ޕޮލިސް އަދި ...